17 އެޕްރީލް 2025 - 15:33

ފުވައްމުލަކުގައި ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ޒުވާނަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
މަރުވީ ފުވައްމުލަކުގައި ދިރިއުޅޭ ރ. އަލިފުށި، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން، 27 އެވެ.
ފުލުހުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު މެންދުރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ މިހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތުގައި ހުއްޓާ ޚަބަރު ހުސްވެގެން ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހާގެ މޫނަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.