14 ޖޫން 2016 - 12:06

އެމްޓީސީސީގެ އާ ސީއީއޯއަކަށް އިބްރާހިމް ޒިޔަތު މިއަދު ހަމަޖައްސަވައިފި އެވެ.
މިހާތަނަށް އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު، އެމްޓީސީސީގެ ސީއީއޯއަކަށް މި ހަމަޖެއްސެވީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިދިޔަ އާދިއްތަދުވަހު ވަކިކުރެއްވުމަށް ފަހުގަ އެވެ.
އެސްޓީއޯގައި 15 އަހަރު ހޭދަކުރައްވާފައިވާ އިބްރާހިމް ޒިޔަތަކީ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގައި މިހާރު ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ވެސް ބޭބެ އެވެ.
އިބްރާހިމް ޒިޔަތު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވައިފަ އެވެ.