ޓްރީ ޓޮޕްގެ ފެމެލީ މެޑިސިން ކޮންސަލްޓޭޝަން އޮންލައިންކޮށް ދެނީ
ޓްރީ ޓޮޕްގެ ފެމެލީ މެޑިސިން ކޮންސަލްޓޭޝަން އޮންލައިންކޮށް ދެނީ

މާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކްލިނިކު (ޓީޓީއެޗް ކްލިނިކް)އިން ދޭ ފެމެލީ މެޑިސިން ކޮންސަލްޓޭޝަން އޮންލައިންކޮށް ދޭން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެ ހޮސްޕިޓަލުން ޓެލެމެޑިސިން މެދުވެރިކޮށް ބައެއް ކޮންސަލްޓޭޝަންތައް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓެލެމެޑިސިންއަށް އަލަށް ތައާރަފްކުރި ފެމެލީ މެޑިސިން ހިދުމަތާ އެކު ބޯޑް ސެޓިފައިޑް ފެމެލީ މެޑިސިން ސްޕެޝަލިސްޓުންނަށް އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އޮންލައިންކޮށް ކޮންސަލްޓުކޮށް ފަސޭހައިން ހިދުމަތް ހޯދޭނެ ކަމަށް ބުންޏެވެ.

އެ ހޮސްޕިޓަލުން ދާދިފަހުން ވަނީ އެ ހޮސްޕިޓަލްގެ ގެސްޓްރޯ ކޮންސަލްޓަންޓް ޑރ. ޑިއޭގޯ އަލިހަންޑްރޯ ބަލްގެރޯނީ އަށް ވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮންލައިން ކޮންސަލްޓޭޝަން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މައިޓީޓީއެޗް އެޕްލިކޭޝަން މެދުވެރިކޮށެވެ. އެ އެޕް މެދުވެރިކޮށް ވީޑިއޯ ކޮންސަލްޓޭޝަން ހިމެނޭ ގޮތަށް އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ލިބޭނެ އެވެ.

އެ ހޮސްޕިޓަލުގެ އޮންލައިން ކޮންސަލްޓޭޝަންތަކަށް މިހާރު އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.