16 އެޕްރީލް 2025 - 09:42

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލު ފިރިހެނަކު ރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ކުރިކީލަ މަގުގައި އެ މީހާ އަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ 12 ޖަހަނިކޮށް ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި ނޭޕާލް މީހާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަޔަސް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. ނޭޕާލް މީހާ އަަށް ހަމަލަދިން މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.