15 އެޕްރީލް 2025 - 20:57

ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭ އިން ދިޔަ ސައިކަލެއް އެކްސިޑެންޓުވެގެން ކުޑަ ކުއްޖަކާއި މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓް ލިބުނީ ހަވީރު 5:53 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވި މީހާ އާއި އޭގައި އިން ހަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އޭގެ ތެރެއިން ކުޑަ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވަން އިން މީހާއަށް ފަރުވާ ދެނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
އެކަމަކު އެކްސިޑެންޓުގައި އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.