15 އެޕްރީލް 2025 - 15:20

އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު މުހައްމަދު ހަމަޖައްސައިފި އެވެ.
ޕީސީބީން މިއަދު ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ތައާމް އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
މިދިޔަ ހަފްތާގައި ޕީސީބީން ވަނީ އެޗްޑީސީގެ ބޯޑު މެންބަރު މުހައްމަދު ވަހީދު އެ މަގާމުން ވަކިކޮށްފަ އެވެ. އެހެންވެ ތައާމު އައްޔަންކުރީ އޭނާ އޭރު ހުސްވި ބޯޑުގެ ޖާގައަށެވެ.
އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިބެ އެވެ.
އެޗްޑީސީގައި ހިނގި ކޮރަޕްޝަންގެ ބައެއް މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑްކުރި އެވެ. ނަމަވެސް ސަސްޕެންޑް ކުރިތާ ހަތަރު ދުވަސް ފަހުން ވަނީ މެންބަރުން ސަސްޕެންޝަން އުވާލައިފަ އެވެ.