15 އެޕްރީލް 2025 - 09:25

ހުޅުމާލެ 2 ގެ ބޮޑު ސަރަހައްދަކުން މިއަދުގެ ހެނދުނު 10 އިން ފެށިގެން އެކި ގަޑިތަކުގައި ކަރަންޓު ކަނޑާލަން ޖެހޭ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ހިޔާ ޓަވަރު 1-8 އާ ދެމެދު ޓަވަރުތަކުން ހެނދުނު 10-11 އާ ދެމެދު ކަރަންޓުގެ ހިދުމަތް ކެނޑޭނެ ކަަމށެވެ. ހަމަ އެ ގަޑީގައި ކާމިލް ދީދީ ސްކޫލުން ވެސް ކަރަންޓު ހިދުމަތް ކެނޑޭނެ ކަމަށް ބުންޏެވެ.
ވިނަރެސްގެ ފްލެޓްތަކުގެ ތެރެއިން ކަރަންޓުގެ ހިދުމަތް ކެނޑޭނީ ސްޓެލްކޯ އިން ބުނިގޮތުގައި 1-10 އާ ދެމެދުގެ ޓަވަރުތަކުންނެވެ. އެއީ މެންދުރު 1-2 އާ ދެމެދެވެ. އެ ގަޑީގައި އެމްޕީއެލްގެ ޓަވަރުތަކާއި ސަލާހުއްދީން ސްކޫލުގެ ކަރަންޓު ވެސް ކަނޑާލާނެ އެވެ.
ސްޓެލްކޯ އިން ބުނީ، އެ ގަޑިތައް ކަނޑައަޅާފައިވީ ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓު ދޭނެ ކަަމަށެވެ.
މި ދުވަސްވަރު ހުޅުމާލެ 2 އިން ކަރަންޓު ކަނޑާލަން ޖެހެނީ ސްޓެލްކޯ އިން ބުނިގޮތުގައި، ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގާގައި ކުރަން ޖެހޭ "އިމަޖެންސީ މެއިންޓަނަންސް" މަސައްކަތްތަކެއްގެ ސަބަބުންނެވެ.
"މި މަސައްކަތަކީ އަޅުގަނޑުމެންގެ ހިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް،" ސްޓެލްކޯ އިން ބުންޏެވެ.