14 އެޕްރީލް 2025 - 15:03

މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން 50 ސްކޮލަޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ރާއްޖެ އިން މަތީ ތައުލީމު ހާސިލްކުރުމުގެ 20 ފުރުސަތަކާއި ރާއްޖެ އިން ބޭރުން ކިޔެވުމަށް 30 ފުރުސަތަށް ހުޅުވާލައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ރާއްޖެ އިން ބޭރުގައި ކިޔަވަން ފުރުސަތު ހުޅުވައިލި 30 ޖާގައިގެ ތެރެއިން 13 ފުރުސަތަކީ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ. އެއީ، ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓުން ނެތް ދާއިރާތައް ކަމަށް ކަމަށް ޔޫރޮލޮޖީ އާއި ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީގެ ދާއިރާއިން ކޮންމެ ދާއިރާއަކުން ފުރުސަތެކެވެ.
ބާކީ 10 ފުރުސަތަކީ ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީސް، އުލޫމުލް ގުރުއާން، އަރަބި، އުސޫލުއްދީންގެ އިތުރުން އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ ދަރިވަރުން ހާސިލް ކުރަމުން އަންނަ މަރުކަޒުން ދޭ ހަރަދުތައް ފިޔަވައި އިތުރު ހަރަދުތައް ހަމަޖެއްސުމަށް ދޭ ފުރުސަތެވެ.
ހާއްސަ ސްކޮލަޝިޕްގެ 13 ފުރުސަތު ދޭނީ ސާކްގެ ގައުމުތަކުގެ އިތުރުން، މިސްރުގެ އަޒްހަރު ޔުނިވާސިޓީ އާއި ސައޫދީ އަރަބިއްޔާގެ ޔުނިވާސިޓީތައް ކަމަށްވާ މަދީނާ ޔުނިވާސިޓީ އާއި ގަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީގެ އިތުރުން ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީ އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ބާކީ ފުރުސަތުތައް ހުޅުވައިލީ މެލޭޝިއާ އާއި ބުރުނާއީ އާއި ސައުދީ އަރބިއްޔާ އާއި މިސްރުގެ އިތުރުން ސާކް ސަރަހައްދުގެ ގައުމުތަކަށެވެ. އޭގެ ތެރެއިން 17 ފުރުސަތަކީ މެލޭޝިއާ އަދި ބުރުނާއީ އިން ހުޅުވާލި ފުރުސަތުތަކެވެ.
- ބެޗެލާސް އޮފް ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - ދެ ފުރުސަތު
- މާސްޓާސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – ދެ ފުރުސަތު
- މާސްޓާސް އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - އެއް ފުރުސަތު
- މާސްޓާސް އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - އެއް ފުރުސަތު
- މާސްޓާސް އޮފް އިސްލާމިކް ސައިންސް - އެއް ފުރުސަތު
- ޕީއެޗްޑީ ޝަރީއާ އެންޑް ޖުޑިޝަރީ – އެއް ފުރުސަތު
- ޕީއެޗްޑީ އިން އިސްލާމިކް ސައިންސް – އެއް ފުރުސަތު
- ޕީއެޗްޑީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – އެއް ފުރުސަތު
- ޕީއެޗްޑީ ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – އެއް ފުރުސަތު
- ޕީއެޗްޑީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – އެއް ފުރުސަތު
- ޕީއެޗްޑީ ޝަރީއާ އެންޑް ލޯ – އެއް ފުރުސަތު
- މާސްޓާސް އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު
- ޕީއެޗްޑީ އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު
ރާއްޖެއިން ކިޔެވުމުގެ 20 ފުރުސަތު ދީފައިވަނީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ ކޯސްތަކަށެވެ.
- މާސްޓާސް އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – ހަ ފުރުސަތު
- މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – ތިން ފުރުސަތު
- އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – ފަސް ފުރުސަތު
- މާސްޓާސް އޮފް އާޓްސް އިން ޝަރީއާ – ތިން ފުރުސަތު
- މާސްޓާސް އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – ތިން ފުރުސަތު
ސްކޮލަޝިޕްގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން އާއި ވިސާ ފީ އާއި ސްޓައިޕެންޑާއި ބުކިން އެލަވަންސް ވެސް ދޭނެ އެވެ.