ފްލައިޓް ތެރޭގައި ހެޑްފޯނެއް ގޮވައި މީހެއްގެ މޫނު ފިހިއްޖެ
ފްލައިޓް ތެރޭގައި ހެޑްފޯނެއް ގޮވައި މީހެއްގެ މޫނު ފިހިއްޖެ

ސިޑްނީ (މާޗް 15) - ބެއިޖިން އިން މެލްބަން އަށް ދަތުރު ކުރި މީހެއްގެ ކަންފަތުގައި އަޅައިގެން އިން ހެޑްފޯނެއް ގޮވާ އޭނާގެ މޫނު ފިހިއްޖެ އެވެ.

ފްލައިޓް ތެރޭގައި ހެޑްފޯނެއް ގޮވައި މީހެއްގެ މޫނު ފިހިއްޖެ
ފްލައިޓް ތެރޭގައި ހެޑްފޯނެއް ގޮވައި މީހެއްގެ މޫނު ފިހިއްޖެ

ފްލައިޓްގައި ނިދިފައި އިން އަންހެން މީހާ އަށް ކުއްލިއަކަށް ހޭލެވުނީ އެއްޗެއް ގޮވި އަޑަށެވެ. އޭނާ ހެޑްފޯނު ނަގާ އެއްލާލި އިރު އޭގައި ވަނީ އަލިފާން ރޯވެފަ އެވެ. ހެޑްފޯނު ގޮވާ، ރޯވުމުގެ ސަބަބުން އެ އަންހެން މީހާގެ މޫނުފިހި އޭނާގެ އަތުގައި ވަނީ ފޮޅު ނަގައިފަ އެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ އަށް އަންހެން މީހާ ބުނީ ހެޑްފޯނު ގޮވި އިރު އޭނާ އިނީ މިއުޒިކް އަޑު އަހަން ކަމަށެވެ. އަދި ކަންފަތުގައި އަޅާފައި އިން ހެޑްފޯނު ކަރާ ހަމައަށް ތިރިކޮށްލުމަށް ފަހު އެންމެ ފަހުން ތިރިއަށް އެއްލާލީ ކަމަށް އޭނާ ބުންޏެވެ.

ފްލައިޓް ކްރޫން ވަނީ އެ އަންހެން މީހާ ކައިރިއަށް ގޮސް ބާލިދީއަކުން ފެން އަޅާފައި ހެޑްފޯނުގައި ހުރި އަލިފާން ނިއްވާލައިފަ އެވެ. އޭރު ހެޑްފޯނުގެ ބެޓްރީ އާއި ޕްލާސްޓިކް ކަވަރު ވަނީ ވިރިފަ އެވެ.

ފްލައިޓްގައި ގޮވާފައި ވަނީ ކޮން ބްރޭންޑެއްގެ ހެޑްފޯނެއް ކަމަށް ބުނެފައެއް ނުވެ އެވެ. އެކަމަކު ގޮވީ އޭގައިވާ ލިތިއަމް ބެޓްރީގެ މައްސަލައަކުން ކަމަށް ލަފާކޮށްފައިވެ އެވެ.

ބެޓްރީ މައްސަލަ ޖެހިގެން ފްލައިޓްތެރޭގައި ފަހަކަށް އައިސް ތަފާތު ހާދިސާތައް ހިނގާފައިވެ އެވެ. ސެމްސަން ނޯޓު 7 ގެ ފޯނުތައް ބޭނުން ކުރުން ހުއްޓާލީ ވެސް އޭގެ ބެޓްރީ ގޮވަން ފެށުމުންނެވެ.