09 އެޕްރީލް 2025 - 22:44

ކުޑަކުއްޖަކު ގޮވައިގެން ދުއްވާފައިދިޔަ ސައިކަލެއް ފުލުހުންގެ ކާރެއްގައި ޖެހި އެކްސިޑެންޓުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި މިއަދު މެންދުރުފަހު ހިނގި މި އެކްސިޑެންޓުގައި ފުލުހުންގެ ކާރުގައި ސައިކަލުން ޖެހި ކުޑަކުއްޖާއާ އެކު އެ ސައިކަލްގައި އިން އަންހެން މީހާ ތާރު އަޅާފައި އޮތް މަގުމައްޗަށް ވެއްޓުނެވެ.
ނަމަވެސް، ކުއްޖާއަށް ވެސް އަދި އަންހެން މީހާއަށް ވެސް އަނިޔާއެއް ނުވެ އެވެ.
އެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.
އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ގޯޅިއަކުން އައި އެ ސައިކަލު މައި މަގަށް އަޅާލަން އުޅުމުގެ ތެރޭގައި އެ މަގުން ދުއްވާފައި އައި ފުލުހުންގެ ކާރުގައި ޖެހިގެންނެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގުކުރަމުންނެވެ.