09 އެޕްރީލް 2025 - 10:52

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ރީނދޫ އެލާޓު ނެރެފި އެވެ.
މެޓު އޮފީހުން ބުނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ހެނދުނު 10:45 އިން މެންދުރު 2:00 އާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާތީ، ދަތުރުކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް މެޓު އޮފީހުން ވަނީ އެދިފަ އެވެ.
ކުރިއަށް އޮތް 48 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ.