06 އެޕްރީލް 2025 - 16:23

އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމަށް ގދ. ހޯނޑެއްދޫގެ އިހުތިސާސުން "ކަޑެވާރެހާ" ވަކިކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ ވައުދާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްގީކުރުމަށް އެ އަތޮޅު ހޯނޑެއްދޫގެ އިހުތިސާސުން އެ ފަޅުރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސާސަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު އެގޮތަށް ނިންމަވާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ނެރުއްވި ގަރާރެއްގަ އެވެ. ރައީސްގެ އެ ގަރާރު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝައިއުކޮށްފަ އެވެ.
ހޯނޑެއްދޫގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓެއް އެ ގަރާރުގައި ހިމަނާފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެކި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ރާވާފައިވެ އެވެ. އަދި އިގުތިސާދީ އާއި އިޖުތިމާއީ ބޭނުންތަކަށް މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގައި ފަޅުރަށް މީގެ ކުރިން ހިމަނާފައި ވެސް ވެ އެވެ.