06 އެޕްރީލް 2025 - 11:07

ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ވ. ކެޔޮދޫ، ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް، 34، ކަމަށެވެ.
އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ ހަތް ދުވަސް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ މުހައްމަދު، ފުޅާ ދާއިރާއެއްގައި ރުގްޔާ ކުރެ އެވެ.