އެއާޕޯޓަށް ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހައްޔަރުކޮށްފި
އެއާޕޯޓަށް ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިގެން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެ ބިދޭސީ މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް، ހައްޔަރުކުރީ ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އައި ކޮލަމްބިއާ މީހެއް ކަމަށް އެނގިފައިވެ އެވެ.

ވަޒަން ފެނިގެން މީގެ ކުރިން ވެސް ބައެއް މީހުން ހައްޔަރުކޮށް، ބައެެއް މައްސަލަތަކުގައި ދައުވާ އުފުލާފައިވެ އެވެ.