03 އެޕްރީލް 2025 - 19:49

މާދަމާ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑު ވާނެތީ ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލްއިން ބުނީ މާދަމާ މެންދުރު އުމްރާއިން މީހުން އެނބުރި އަންނާނެ ކަމަށެވެ.
އެހެންކަމުން އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް، އެއާޕޯޓަށް ފުރަން ދާ މީހުން ވީހާވެސް އަވަހަށް ޗެކިން އަދި ސެކިއުރިޓީ ކްލިއަރެންސް ހެދުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
- މެންދުރުފަހު 2:00
- ހަވީރު 4:00
އެމްއޭސީއެލުން ވަނީ ޓެކްސީތަކުން ވެސް
އެ ގަޑިތަކުގައި އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އުމްރާއިން މީހުން އަންނަ ދުވަސްތަކަކީ އާންމު ގޮތެއްގައި އެއާޕޯޓުގައި ބާރު ބޮޑުވާ ދުވަސްތަކެކެވެ. އުމްރާވެރިންގެ އާއިލާތަކުން އެ މީހުން ބަލައި ދިއުމާއި ޓެކްސީތައް ނުލިބި ކިޔުގައި ގިނައިރު ތިބެން ޖެހުންފަދަ ކަންކަން މީގެ ކުރިން ވެސް ހިނގަ އެވެ.