02 އެޕްރީލް 2025 - 11:09

އައްޑޫގެ އާރިކިޅީގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އާރިކިޅީގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 9:33 ހާއިރު ކަމަށެވެ.
އެ މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރޔު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ ހައި ސްކޫލުގެ ބިއްދޮށު މަގުގައި ހުންނަ އެ ކުޅީގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެކެވެ. އެކަމަކު އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.