01 އެޕްރީލް 2025 - 19:41
ކޮންމެ ރޯދަމަހެއްގައި ވެސް މިސްކިތްތައް އާދަޔާ ހިލާފަށް ފުރި، ޖާގައެއް ހޯދުމަކީ ދަތި ކަމަކަށް އޮންނަނީ ވެފަ އެވެ. އަޅުކަމުގައި ހޭދަކުރާ ވަގުތު ވެސް އެހާމެ އިތުރު، އެކަމަކު، ރޯދަމަސް ނިމުމާ އެކު، އޭރު ފުރުނު ބައެއް މިސްކިތްތަކުގައި ހަދާ ސަފު އެއް ސަފަށް ވެސް ބަދަލުވާ ތަން އެބަ ފެނެ އެވެ ގުރުއާން ކިޔެވުމުގައި މިސްކިތްތަކުގައި ހޭދަކުރި އެތައް ބަޔަކު ރޯދަމަސް ނިމުމާ އެކު ގެއްލެ އެވެ.
ޝައިހު އާޒިމް ޚާލިދު އެ ކަންބޮޑުވުމާ އެކު ސުވާލު ކުރެއްވީ ރޯދަމަހަށް އެ ހުރިހާ އެންމެން މިސްކިތްތަކާ ދުރުވެ، އެ ދަނީ ކޮންތާކަށްތޯ އެވެ؟ ދީނީ އިލްމުވެރިންގެ ވާހަކަފުޅުތަކާ ހަވާލާ ދެއްވައި ޝައިހު އާޒިމް ވިދާޅުވީ، ރޯދަމަހު ކުރި އަޅުކަންތައް ދޫކޮށްލައިފިި ނަމަ އެއީ ﷲ ގެ ހަޟްރަތުގައި އެ އަމަލުތައް ގަބޫލު ނުކުރެއްވުމުގެ އަލާމާތަކަށް އެކަން ވެދާނެ ކަަމަށެވެ. އެހެންވީމާ މިއީ ބިރުވެތިވާން ޖެހޭ ކަމެއް. ސަމާލުކަން ދޭންޖެހޭ ކަމެކެވެ.