ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 57 އަހަރުގެ އެ މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ އ މީހާ ހައްޔަރުކުރީ ހުއްދަ ނެތި ގެދޮރަށް ވަނުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ބްލެކްމެއިލް ކުރުން އަދި ބިރުދެއްކި މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލާގައި އެ މީހާގެ ބަންދަށް މިއަދު 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އަމުރުގައި ބުނީ އޭނާގެ ކުރީގެ އަނބިމީހާ ބްލެކްމެއިލްކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ބުނެފައިވެ އެވެ.