29 މާޗް 2025 - 14:22

10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފި އެވެ.

ސިއްހީ ހިދުމަތްދޭ ދެ ތަނެއްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އެމްޓީސީސީގެ އިތުރުން ފެނަކައާ އެވެ.

އާރްޑީސީއާ ހަވާލުކުރީ ރަށްތައް:
- ނ. ވެލިދޫ ހޮސްޕިޓަލް: 108,322,537.03ރ.
- އދ. ފެންފުށީ ސިއްހީ މަރުކަޒު: 26,839,684.82ރ.
އެ ދެތަން ވެސް ހަވާލުކުރީ ދޮޅު އަހަރުން ނިންމަން ޖެހޭ ގޮތަށެވެ.
އެމްޓީސީސީއާ ހަވާލުކުރީ ފަސް ރަށެއްގައި އިމާރާތް އަޅާށެވެ. އެއީ؛
- ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު: 11،197،462.90ރ.
- ށ. މިލަންދޫ ހޮސްޕިޓަލް: 110،878،732.12ރ.
- ކ. ތުލުސްދޫ ހޮސްޕިޓަލް: 110،716،537.72ރ.
- އއ. ރަސްދޫ ހޮސްޕިޓަލް: 185،571،402.42ރ.
- ގއ. ވިލިނގިލީ ހޮސްޕިޓަލް: 185،571،402.42ރ.
ފެނަކައާ ތިން ރަށެއްހަވާލުކުރި އެވެ. އެއީ:
- ބ. ކުޑަރިކިލު ސިއްހީ މަރުކަޒު: 7,641,116.64ރ.
- ގއ. ކޮނޑޭ ސިއްހީ މަރުކަޒު: 6،763،307.54ރ.
- ގދ. ނަޑެއްލާ ސިއްހީ މަރުކަޒު: 6،757،395.89ރ.
މިދިޔަ ހަފުތާގައި ވެސް ވަނީ ނުވަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް އަޅަން 627 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފަ އެވެ.