ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި
ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި

ރަމަޟާން މަހުގެ 27 ވިލޭރޭ، މައްކާގެ ކައުބަތުﷲ ގެފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގައި އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވެއްޖެ އެވެ.

ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި
ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި

އެއްހާސް މައްސަރުގެ އަޅުކަމުގެ ދަރުމަ ލައްވަވާފައިވާ ލައިލަތުލްގަދްރި ވިލޭރޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ 27 ވިލޭރެ އަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ދެ ހަރްމަފުޅަށް ބާރުބޮޑު ރެއެކެވެ.

ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި
ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި

ސައޫދީ ގެޒެޓްގައި ބުނެފައިވާ ގޮތުގައި ދެ ހަރަމްފުޅުގައި ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ހުރިހާ ތަނެއް ފުރި ހަރަމްފުޅުގެ ބޭރު މަގުތައް ވެސް އޮތީ ރޭ ތޮއްޖެހިފަ އެވެ.

އިޝާ ނަމާދާއި ތަރާވީހަށް ފަހު ދަމުނަމާދު ނިންމާލީ ދެ ހަރަމްފުޅުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާތަކާ ހަވާލުވެފައިވާ އިދާރާގެ ވެރިޔާ ޝައިޚް އަބްދުއްރަހްމާން އަލްސުދައިސް އިސްވެ ހުންނަވައިގެން ކުރެއްވި ހާއްސަ ދުއާއަކުންނެވެ.

ހެނދުނުން ފެށިގެން އުމްރާވެރިންނާއި ނަމާދުކުރާ މީހުން ހަރަމްފުޅަށް ޖަމާވަމުން ދިޔަ އެވެ. މިސްކިތުގެ ކޮރިޑޯތަކާއި ފަންގިފިލާތަކާއި ޓެރަސްތަކާއި ގޯތިތެރެތަކާއި ބޭސްމަންޓްތަކާއި ހަރަމްފުޅަށް އެންމެ ފަހުން އިތުރުކުރި ބައިތައް ވެސް އިރު އޮއްސުނު އިރު ވަނީ ފުރިފަ އެވެ. މަދީނާގައި، ރަސޫލާގެ މިސްކިތަށް ފަތިހުން ފެށިގެން މީހުން ޖަމާވާން ފެށި އެވެ.

ދެ ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނަށް ބޭނުންވާ ކަންކަން އިންތިޒާމްކުރުމަށް މިފަހަރު ވެސް އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް، މުވައްޒަފުން އިތުރުކޮށްފައިވެ އެވެ.