14 މާޗް 2017 - 17:54

ފެނުގެ ޑިސްޓްރިބިއުޝަން ޕަމްޕްތަކެއްގެ މަސައްކަތެއް ކުރަން ޖެހޭތީ، މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ތިން ގަޑިއިރަށް ޕްރެޝަރުގައި ފެން ނުލިބިދާނެ ކަމަށް އެމްޑަބްްލިޔުއެސްސީން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިރޭ 12އިން ފެށިގެން ތިން ގަޑިއިރަށް ޕްރެޝަރުގައި ފެން ނުލިބިދާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަރަހައްދުތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
މާލޭގައި މި މަހުގެ ތެރޭގައި ކަރަންޓާއި ފެން އެއް ދުވަހެއްގައި އެއްފަހަރާ ވަނީ ކެނޑިފަ އެވެ. އޭގެ ފަހުން ހަފުތާއެއްހާ ދުވަސް ވަންދެން ބައެއް ސަރަހައްދުތަކަށް ޕްރެޝަރުގައި ފެން ލިބުން ދަތިވެގެން ދިޔަ އެވެ.