25 މާޗް 2025 - 11:53

އއ. ރަސްދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ގޭގެ ދެމަފިރިން ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ފަރުވާ ދެމުން އަންނަނީ އުމުރުން 31 އަހަރުގެ ދެ މީހަކަށެވެ.
ކޮޓަރީގައި ރޯވީ އެ މީހުން ނިދާފައި ތިއްބާ ކަމަށް ވެ އެވެ. އެ ހާދިސާގައި އެ މީހުން ވަރަށް ބޮޑަށް ފިހިފައި ވިޔަސް ތަފުސީލެއް އަދި ނުލިބެ އެވެ. އަދިއެތަނުގައި ރޯވީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.
ރަސްދޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް އެ މީހުން ވަނީ މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމަފިރިންނަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އިމަޖަންސީގައި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.