23 މާޗް 2025 - 16:32

ރާއްޖޭގެ ފުރަތަމަ އުފެއްދި ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ މަގާމުތަކުން އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓްގެ ބޭންކަކީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓްކޮށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދެވި ބޭންކެކެވެ.
އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެ މަގާމުން ނޮއެލް ގްރެގާ އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ އިސްތިއުފާ ގަބޫލު ކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަންގެ އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓްވީޓެއްގައިވެ އެވެ.
ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.
މިއީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވި ފުރަތަމަ ފަހަރެވެ.