23 މާޗް 2025 - 11:01
އަހަރެމެންނާ މި ބައްދަލުކޮށްފައިވާ ރޯދަމަހުގެ އެންމެ ބޮޑު އަމާޒަކީ ލައިލަތުލްގަދްރި ވިލޭރޭ ހޯދުމެވެ. އެ ރޭގެ މަތިވެރި ސަވާބުގެ ފައިދާ ހޯދުމެވެ. އެ ރޭގެ ރޭ އަޅުކަން ކޮށްފި މީހަކަށް އަށްޑިހަ އެތައް އަހަރެއްގެ ދަރުމަ އާއި ސަވާބު އެ މީހަކަށް ﷲ ދެއްވަ އެވެ. އެހެންވެ މި މަހުގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަން ޖެހެނީ ލައިލަތުލްގަދްރި ވިލޭރޭގެ ސަވާބު ހޯދައި ޕޮއިންޓު ވީހާ ވެސް މަތިކުރުމެވެ.