ހައި ކޯޓު ހިންގުން ފަނޑިޔާރު ފައިސަލްއާ ހަވާލުކޮށްފި
ހައި ކޯޓު ހިންގުން ފަނޑިޔާރު ފައިސަލްއާ ހަވާލުކޮށްފި

ހައި ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ފަނޑިޔާރު ފައިސަލްއާ ހައި ކޯޓުގެ ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަވާލުކޮށްފައިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަންކޮށްފައިވަނީ އިއްޔެ އެވެ. އިއްޔެއަކީ ހައި ކޯޓުގައި އޭނާ މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަހެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަން ކުރައްވާފައިވާ ފައިސަލް ހައި ކޯޓަށް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ.