ދިރާގު ޕޭ މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ
ދިރާގު ޕޭ މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ

ދިރާގު ޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގު ޕޭއިން ޒަކާތް ދެއްކުމަށް އެ އެޕް ޑައުންލޯޑް ކުރުމަށް ފަހު، ހޯމް ސްކްރީންގައިވާ "ޑޮނޭޝަންސް" ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށް ފަހު ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އަދި، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑައިލް ކޮށްގެން އެ ކަސްޓަމަރެއްގެ މޮބައިލް ބެލެންސުން ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރޯދަ މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.