މިހާރު އަޅުގަނޑުމެންނާ މި އޮތީ ﷲ އަށް އަޅުކަން ކުރުމުގައި އެންމެ ހީވާގިވާން ޖެހޭ މޫސުމާ ލައިގެންފަ އެވެ. ރޭ އަޅުކަން ކުރުމާއި ﷲ އަށް ދެންނެވުމާއި ގުރުއާން ކިޔެވުމުގައި އެންމެ ބޮޑަށް ވަގުތު ހޭދަކުރަންވީ ރޯދަމަހުގެ ފަހު 10 ގެ ދުވަސްތަކުގަ އެވެ އެ ދުވަސްތަކުގައި ކީރިތި ރަސޫލާގެ ކަމަރު ވެސް ބަންނަވައި އަޅުކަމަށް ހުރިހާ ވަގުތެއް ހުސްކުރެއްވި އެވެ.

ޝައިހު އާޒިމް ޚާލިދު ކީރިތި ގުރުއާނާއި ހަދީސްތަކުގެ އަލީގައި ވިދާޅުވީ، މި މާތް ދުވަސްވަރު ހެޔޮކަމުގައި އިތުރަށް މުރާލިވެ، އީމާންކަން ތާޒާ ކުރަންޖެހޭ ކަމަށެވެ.