ކޯޗުގެ ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން
ކޯޗުގެ ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން

އެކުވެރިކަމުގެ މެޗެއްގައި ރޭ އިންޑިއާ އަތުން 3-0 އިން ރާއްޖެ ބަލިވި މެޗުގައި މައްސަލައަކަށްވީ، ބޭނުންވާ ވަރަށް ބޯޅައިގެ ކޮންޓްރޯލް ނުނެގުން ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ކޯޗުގެ ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން
ކޯޗުގެ ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ކުޅުނު މި މެޗު ކޮންޓްރޯލްކުރީ އިންޑިއާ އިންނެވެ.

ސުޒޭން ބުނީ ބޭނުންވި ވަރަކަށް ބޯޅަ އަތުގައި ނުބޭއްވުނު ކަމަށާއި، ހީވާ ގޮތުން މައިގަނޑު މައްސަލައަކަށްވީ އެކަން ކަމަށެވެ.

ސުޒޭން ބުނީ އިންޑިއާގެ ފަރުބަދަމަތީ ޝިލޮންގައި ކުޅުނު މި މެޗުގައި ދިވެހި ކުޅުންތެރިންނަށް ފިނީގެ ސަބަބުން އުނދަގޫވި ކަމަށާއި، އެކަމަކު ޓީމުން ކުޅުނު ގޭމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ފާހަގަކުރަން ބޭނުންވޭ ރަނގަޅު ގޭމެއް ކުޅުނުކަން. ހާއްސަކޮށް ޑިފެންސްގެ ޖާގަތައް ބައްދައިގެން ރަނގަޅު ގޭމެއް ކުޅުނު،" ސުޒޭން ބުންޏެވެ.

"ހުސް ޖާގަތައް ވަރަށް މަދުން އަހަރެމެންގެ ޑިފެންސުން ފެނުނީ."

ސުޒޭން ބުނީ ރޭގެ މެޗުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ދިވެހި ޓީމުގެ ފަރާތުން ފެނުނު ކަމަށެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންތައް ވެސް މެޗުން ފާހަގަ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

"ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރީ ހިލޭޖެހުންތަކުން ރާއްޖޭގެ ކޮޅަށް އަންނަ ހަމަލާތައް ދިފާއު ކުރުމާއި، އުފައްދާ ހަމަލާތަކުގެ ބޭނުން ހިފުމެވެ. އިންޑިއާގެ ފުރަތަމަ ދެ ލަނޑު ޖެހީ ވެސް ހިލޭޖެހުންތަކުން ތަނަވަސް ކުރި ފުރުސަތުތަކުގަ އެވެ. އޭނާ ބުނީ ފިލިޕީންސްގެ މެޗަށް ދާއިރު އެކަންކަން ރަނގަޅުކުރަން އިސްކަން ދޭނެ ކަމަށެވެ.

މި މެޗުގައި އިންޑިއާގެ ދެ ގޯލް ޖެހީ ރިޓަޔާމަންޓުގައި ހުރުމަށް ފަހު އެނބުރި އައި ފޯވާޑް ސުނިލް ޗެތުރީ އެވެ. އަނެއް ގޯލް ޖެހީ ރާހުލް ބޭކޭ އެވެ.