19 މާޗް 2025 - 10:31
ސިހުރުގެ ނުބައިކަމުގެ އަސަރު އަހަރެމެންގެ އެތައް ބަޔަކަށް ވަނީ ކޮށްފަ އެވެ. ސިހުރު ހެދުމުގެ ސަބަބުން އެތައް އާއިލާއެއް ނިމަތިވެ، މުޅި އުމުރަށް އޭގެ އުނދަގޫ ޖެހިފައި ވެ އެވެ. ދިވެހިންގެ ތެރޭގައި އަދިވެސް މި ނުބައި ކަންތައް ކުރާ އަދި ސީދާ މީސްމީހުންގެ ފުރާނަ ދުއްވާލަން ވެސް ސިހުރު ހަދާ މީހުން އެބައުޅެ އެވެ.
ޝައިހު އާޒިމް ޚާލިދު ކީރިތި ގުރުއާނުގެ އަލީގައި ވިދާޅުވީ އެއީ ﷲ ގެ ހަޟްރަތުގައި އެންމެ ނުބައިވެގެންވާ ފާފަތަކުގެ ތެރެއިން އެއް ފާފަ ކަމަށެވެ. އެހެންވެ، ﷲ އަށް ދުއާ ދެންނެވުމާއި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުން ހުއްޓާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.