ދިރާގުން އައްޑޫގައި ބޭއްވި "ގޭމް ކުއެސްޓް" ކާމިޔާބުކަމާ އެކު ނިންމާލައިފި
ދިރާގުން އައްޑޫގައި ބޭއްވި "ގޭމް ކުއެސްޓް" ކާމިޔާބުކަމާ އެކު ނިންމާލައިފި

ދިރާގުގެ ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އައްޑޫގައި "ގޭމް ކުއެސްޓް - އައްޑޫ އެޑިޝަން"ގެ ނަމުގައި ބޭއްވި ގޭމިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ދިރާގުން އައްޑޫގައި ބޭއްވި "ގޭމް ކުއެސްޓް" ކާމިޔާބުކަމާ އެކު ނިންމާލައިފި
ދިރާގުން އައްޑޫގައި ބޭއްވި "ގޭމް ކުއެސްޓް" ކާމިޔާބުކަމާ އެކު ނިންމާލައިފި

މި މުބާރާތަކީ މާލެއިން ބޭރުގައި ޑީޖީޖީއިން ބޭއްވި ފުރަތަމަ މުބާރާތެވެ. މި މުބާރާތް ބޭއްވީ މި މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު އެވެ. އައްޑޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި އެ މުބާރާތުގައި އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމަރުން ހިމެނޭ ގޮތަށް 100 ގޭމަރުން ބައިވެރިވި އެވެ.

ދިރާގުން އައްޑޫގައި ބޭއްވި "ގޭމް ކުއެސްޓް" ކާމިޔާބުކަމާ އެކު ނިންމާލައިފި
ދިރާގުން އައްޑޫގައި ބޭއްވި "ގޭމް ކުއެސްޓް" ކާމިޔާބުކަމާ އެކު ނިންމާލައިފި

"ގޭމްކުއެސްޓް އައްޑޫ އެޑިޝަން"ގައި އޮތް އީއޭއެފްސީ 25 މުބާރާތުގެ ވަނަތަކަށް ޖުމްލަ 10،000ރ. ގެ އިނާމު ދިނެވެ. އަދި އެ ހަރަކާތުގައި ބައިވެރިވި ގޭމަރުންގެ މެދުގައި ވަނީ ލަކީޑްރޯއެއް ނަގައި، ނަސީބުވެރި ހަތަރު ފަރާތަކަށް ފައިސާގެ އިނާމު ވެސް ދިނެވެ.

އެ ގޭމްކުއެސްޓް ކުރިއަށް ދިޔައީ ޖީޓީ7 ރޭސިން ސިމިއުލޭޝަން، އެސްޓްރޮ-ބޮޓް އަދި ވީ.އާރް ސިމިއުލޭޝަން ގޭމްތައް ކުޅޭ ފްރީ ސްޓޭޝަންތަކާ އެކު އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް ޑީޖީޖީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޕްލެޓްފޯމުން ވަނީ ޑީޖީޖީ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" ވެސް މިއަހަރު ބޭއްވުމަށް ވަނީ އިއުލާނުކޮށްފަ އެވެ.