ދިރާގު ތަށިބަރި މޫވްމަންޓު މިއަހަރު ވެސް ފޯރިއާ އެކު ކުރިއަށް
ދިރާގު ތަށިބަރި މޫވްމަންޓު މިއަހަރު ވެސް ފޯރިއާ އެކު ކުރިއަށް

ކޮންމެ އަހަރަކު ވެސް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބޭ ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހު ވެސް ކުރިއަށް ދާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގު ތަށިބަރި މޫވްމަންޓު މިއަހަރު ވެސް ފޯރިއާ އެކު ކުރިއަށް
ދިރާގު ތަށިބަރި މޫވްމަންޓު މިއަހަރު ވެސް ފޯރިއާ އެކު ކުރިއަށް

ދިރާގުން ބުނީ މިއަހަރު އެ ކުންފުނީގެ ޓީމުތަކުން މަގުމައްޗަށް ނުކުމެ، ދިރާގު ތަށިބަރިތައް އާންމުންގެ ގިނަ ބަޔަކަށް ހަދިޔާކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި އެކި އުމުރުފުރާތަކުގެ މީހުން ހިމެނެ އެވެ. މި ތަށިބަރިތައް ލިބޭ ފަރާތްތަކުން އަންނަނީ މި އާދަކާދަ ދަމަހައްޓައި، އެ ތަށިބަރި އެހެން ފަރާތްތަކަށް ފޯރިއާ އެކު ހަދިޔާކުރަމުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ތަށިބަރި މޫވްމަންޓަކީ ދިވެހިންގެ މެދުގައި އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ ސަގާފަތް ދިރުވުމުގެ ގޮތުން ދިރާގުން 2017 ވަނަ އަހަރު ފެށި ހަރަކާތެކެވެ. މި ހަރަކާތަކީ ދިވެހިންގެ މެދުގައި މަގުބޫލު ހަރަކާތަކަށް ވަނީ ވެފަ އެވެ. އަދި މި މޫވްމަންޓާ އެކު އެހެން ކުންފުނިތަކާއި އޮފީސްތަކުން ވެސް ވަނީ ތަށިބަރި ހަދިޔާކުރުމުގެ ހަރަކާތްތައް ފަށައިފަ އެވެ.

ދިރާގަކީ އާންމުންނަށް މިފަދަ ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.