18 މާޗް 2025 - 12:53

ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ، ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ ބޯޑުން އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.
ޗީފް ކޮމާޝަލް އޮފިސާގެ ހައިސިއްޔަތުން ވިސާމު އެ ކުންފުނީގެ ވިޔަފާރިއާ ގުޅޭ ސްޓްރެޓެޖީތައް އެކުލަވައިލާ ތަރައްގީކުރާނެ އެވެ. އަދި އެ ކުންފުނީގެ ޕްރޮޑަކްޓް ޑިވަލޮޕްމެންޓް މަސައްކަތްތައް ބަލަހައްޓައި ސޭލްސް އާއި މާކެޓިން މަސައްކަތްތައް ބަލަހައްޓާނެ އެވެ.
އޭނާ ކުރިން ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގަ އެވެ. އެ މަގާމުން އިސްތިއުފާދެއްވީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމުގައި 11 އަހަރު ހޭދަކޮށްފައިވެ އެވެ.
މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން ރާއްޖެ އިން ބޭރުން މާސްޓާސް ހައްދަވާފައިވާ ވިސާމް ވަނީ ސީއެމްޑީއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އޭނާ އަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ވެސް ބޯޑު މެންބަރެކެވެ.