18 މާޗް 2025 - 05:18

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރަށް ފާޑު ކިޔަމުންދިޔަ ޔުނިވާސިޓީ ދަރިވަރަކު މަރާލި މައްސަލައިގައި 20 ދަރިވަރަކު މަރަން ކުރި ހުކުމް ބަންގްލަދޭޝްގެ ހައި ކޯޓުން ދަމަހައްޓައިފި އެވެ.
އުމުރުން 20 އަހަރުގެ ދަރިވަރަކު 2019 ވަނަ އަހަރު މަރާލީ ހަސީނާއަށް ފާޑު ކިޔުމަށްފަހު އޭނާ ފޭސްބުކްގައި ޕޯސްޓެއް ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ކްރިކެޓް ބެޓަކުން ހަ ގަޑިއިރު ވަންދެން ތަޅައި، އަނިޔާކޮށް އޭނާ މަރާލީ ހަސީނާ ނިސްބަތްވާ އަވާމީލީގަށް ތާއީދުކުރާ ދަރިވަރުންތަކެކެވެ.
އެ މައްސަލާގައި 20 މީހަކު މެރުމަށާއި އަދި ފަސް މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދެމެހެއްޓުމުން، އެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ބަންގްލަދޭޝްގެ އެޓާނީ ޖެނެރަލް އަސަދުއްޒަމާން ވިދާޅުވި އެވެ.
ނަމަވެސް ކުށްވެރިވި މީހުންގެ ވަކީލުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.
ދަންޖައްސައިގެން މަރުގެ އަދަބު ދޭ ބަންގްލަދޭޝްގައި މަރުގެ އެތައް ހާސް ބަޔަކު މަރަން ހުކުމްކޮށްފައި މިހާރު ވެސް ޖަލުތަކުގައި އެބަތިއްބެވެ.