17 މާޗް 2025 - 09:49

އެތުލެޓިކޯ މެޑްރިޑުން ނެގި ދެ ލަނޑު ލީޑަށް ނިމުން ގެނެސް 4-2 މޮޅުވެ ބާސެލޯނާއި ތާވަލުގެ އެއްވަނަ މަގާމު އަލުން ހޯދައިފި އެވެ.

މެޗު ނިމެންދެން އެއްވަނައިގައި އޮތީ ރެއާލް އެވެ. އެކަމަކު ވާދަވެރި އެތުލެޓިކޯއާ ދެކޮޅަށ ބާސާގެ ފެރާން ޓޯރޭޒް އާއި ލަމީން ޔަމާލް ދެއްކި މޮޅު ކުޅުމާ އެކު ބާސާއިން ނަތީޖާ އަނބުރާލި އެވެ.
ބާސާ އާއި ރެއާލް ވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ދެ ޓީމަށް ވެސް 60 ޕޮއިންޓެވެ. ބާސާ އަށް ކުރި ލިބެނީ ދެ ޓީމުގެ ހެޑް ހެޑް ނަތީޖާއިން ކުރި ހޯދާފައިވުމުންނެވެ. ބާސާ މެޗު ކުޅެފައި ވަނީ ރެއާލް އަށް ވުރެ މަދުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯއިން ފުރަތަމަ ހާފުގައި ހޫލިއަން އަލްވަރޭޒް ޖެހި ގޯލުން ލީޑް ނެގި އެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި އެލެގްޒެންޑާ ސޯލޮތު އެތުލެޓިކޯ އަށް ދެ ލަނޑުގެ ލީޑެއް ނަގައި ދެވުނެވެ.
ބާސާއިން ފެށީ އޭގެ ފަހުން ންނެވެ. އެތުލެޓިކޯގެ ދެވަނަ ލަނޑަށް ދެ މިނެޓް ނުވަނީސް ރޮބަޓް ލެވަންޑޯސްކީ ބާސާގެ ފުރަތަމަ ލަނޑު ޖެހި އެވެ.
އޭގެ ފަސް މިނެޓް ފަހުން ފެރާން ޓޯރޭޒް ލަނޑުޖަހައި އެތުލެޓިކޯގެ ލީޑަށް ނިމުން ގެނެ އެވެ. ބާސާ އަށް މެޗުގައި ފުރަތަމަ ލީޑް ނަގައި އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޖެހީ ލަމީން ޔާމާލެވެ. ޓޯރޭޒްގެ ދެވަނަ ލަނޑު އޭނާ ޖެހީ އިތުރު ވަގުތުގެ އެއްވަނަ މިނެޓްގަ އެވެ.