8 މިލިއަނަށް އަގު ކުޑަކޮށް، ނާއިންފަރުއާގެ ނީލަމުގައި ވިއްކާލަން އަލުން އިއުލާނުކޮށްފި
8 މިލިއަނަށް އަގު ކުޑަކޮށް، ނާއިންފަރުއާގެ ނީލަމުގައި ވިއްކާލަން އަލުން އިއުލާނުކޮށްފި

ބެންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ނީލަމުގައި ވިއްކާލުމަށް މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާލި މ. ނާއިންފަރުއާގެ ވިއްކުމަށް އަލުން އިއުލާނުކޮށްފި އެވެ.

ނާއިންފަރުއާގެ އަކީ 792 އަކަފޫޓުގެ ގެއެކެވެ. އެ ގެ ވިއްކާލުމަށް ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަށް މިލިއަން ރުފިޔާ އެވެ. މީގެ ކުރިން އެ ގެ ވިއްކަން އިއުލާނުކުރި އިރު، ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައެޅީ 13 މިލިއަން ރުފިޔާ އެވެ.

ގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުއްދަތު ހަމަވާ ތާރީހާއާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނިގޮތުގައި ބޭންކުން އެ ގެ ވިއްކާލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އެންމެ ބޮޑު އަގެއް ހުށަހެޅި ކަމަށް ބަލާނީ ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލެއް ނައިސް، ފަސް ދުވަސް ވަންދެން އޮތުމުންނެވެ. ކޮންމެ ދުވަހެއްގެ ވެސް އެންމެ މަތީ އަގު ބީއެމްއެލް ވެބްސައިޓުގައި އިއުލާނުކުރާނެ އެވެ.

އެ ގެއާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/news-and-media/auctions ލިންކުން ލިބޭނެ އެވެ.