ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު
ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު

އަހަރެމެންނަށް މި ރަށުގެ ބަނދަރަށް ފޭބުނީ އިރުއޮއްސެން އުޅެނިކޮށެވެ. ބަނދަރުމަތިން ދިމާވި ކޮންމެ މީހެއްގެ ވެސް މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ފެނުނީ މެހުމާނުންނަށް މަރުހަބާ ކިޔުމާއި ހިތްހެޔޮ ކަމެވެ.

ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު
ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު

މާލެއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ނ. ހެނބަދޫގެ އެންމެންނަށް ވެސް ބުނެދެނީ މުޖުތަމައުގެ އުޅުމާއި ގުޅުން ބަދަހި ވާހަކަ އެވެ. ރަށަށް އަރާ ރައްޓެހިންނާއި ބީރަށްޓެހިންނަށްޓަކައި ވެސް ތަނަވަސް ހިތެއްގެ ވެރި ދީލަތި ރައްޔިތުންތަކެއް އުޅެމުން އަންނަ ރަށެއް ކަމެވެ.

ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު
ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު

"މި ރަށަށް އިހަކަށް ދުވަހަކު މާލެ އިން އައި ކުދިންތަކެއް. އެ ކުދިން ބުނި މި ރަށަށް އައި ފަހުން މާލެ އަށް ވެސް އެއްގޮތަކަށް ވެސް ދާހިތް ނުވާ ކަމަށް. ދެން އަހަނީ މި ރަށު މީހުން އެހާ ރަނގަޅީ، ހިތްހެވީ ކީއްވެތޯ،" ހެނބަދޫން އަހަރެމެންގެ ޓީމާ ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު
ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު

"ހަމަ އެންމެ ކުރީގައި ވެސް މި ރަށު މީހުން އެހާ ހިތްހެޔޮވާނެ. ރަށަށް އަންނަ ބީރަށްޓެހިންނަށް ވެސް، ނުދަންނަ މީހަކަށް ވިޔަސް ގޮވާލާ ހާލު އަހާލާނެ. އެއީ މި ރަށު މީހުންގެ ގޮތް އަބަދު ވެސް ހަމަ."

ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު
ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު

ހެނބަދުއަކީ ކުޑަކުޑަ ރަށެއް ކަމުން މާ ގިނަ ހަރަކާތްތަކެއް ފެންނާކަށް ނެތެވެ. އެންމެ 14 ހެކްޓަރުގެ ހެނބަދޫގައި 800 އެއްހާ މީހުން ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ރަށުގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. އެކަމަކު، އެ އިން ކޮންމެ މީހަކު ގުޅުން ބޮޑު، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގައި މުޅި ރާއްޖެ އަށް ވެސް ނަމޫނާއެކެވެ.

އާބާދީ ކިތަންމެ ކުޑަ ރަށަކަށް ވިޔަސް ގިނަ ރަށްރަށުގައި މިހާރު އޮންނަނީ ކުށުގެ ވެށްޓެކެވެ. ވައްކަމާއި ފޭރުމެވެ. ޑްރަގާއި ގޭންގުތަކާ ގުޅިފައިވާ މީހުންނެވެ. އެކަމަކު ހެނބަދޫ މި ކަމުގައި ވެސް މުޅިން ތަފާތެވެ. ފެނުނީ އަމާންކަމެވެ. ކުށުގެ ރެކޯޑު ސުމެކެވެ.

"މި ރަށުގެ ކްރައިމް ރޭޓު ހަމަ ޒީރޯ. އެހެން ފާހަގަ ކޮށްލެވޭ ދެތިން މީހަކު ކުރިން އުޅުނު، އެކަމަކު މިހާރު ނެތް ހަމަ،" ހެނބަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ހެނބަދޫން ފާހަގަކުރެވޭ އަނެއް ކަމަކީ ރަށުތެރެ ސާފުކުރުގެ މަސައްކަތުގައި އުޅޭ އިޖުތިމާއީ މަސައްކަތްތެރިންނަށް ލިބޭ މުސާރަ އާއި އޭގެ ތަފުސީލް ކޮންމެ މަހަކު އާންމު ކުރުމެވެ. ތަ

"ންތަނުގައި ހުންނާނެ ހަރުކޮށްފައި. ކޮންމެ ހުކުރު ދުވަހަކު އެކަނި ކުނިކަހަން ނުކުންނާނީ. ޝަކުވާއެއް އޮތް މީހެއް ނަމަ ހުށަހަޅަން އެ އަންގާ އިއުލާން ކުރަނީ،" ކައުންސިލްގެ ރައީސް އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމަކީ އެ އަތޮޅު މަނަދޫ މީހެއް ނަމަވެސް އޭނާ އަށް ވެސް އަހަރެމެންނެކޭ އެއްގޮތަށް ފާހަގަކުރީ އެ ރަށު މީހުންގެ ހިތްހެޔޮކަމެވެ. ރަށު މީހުންގެ ގުޅުންތައް ރަނގަޅު ކަމެވެ.

ދީނީ ކަންކަން ފަރުވާތެރިވާ ޒުވާނުންތަކެއް ދިރިއުޅޭ މި ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ. މީގެ ކުރިން މަސްވެރިކަން ކުރަމުން އައި ނަމަވެސް ޓޫރިޒަމަށް ބަރޯސާވެ، މިހާރު އޮތީ ދޮށީގެ މަސްވެރިކަން ހުއްޓިފަ އެވެ. އެކަމަކު، ފަރުމަހަށް ދާ މީހުން އުޅެ އެވެ.

ނ. އަތޮޅަކީ ސިޔާސީ ގޮތުން އެއް ޕާޓީއަކަށް ތާއީދު ކުރާ ގިނަ ބަޔަކު އުޅޭ އަތޮޅަކަށް ވާއިރު، އެ ރަށުގައި ވެސް ގިނައީ އެ ޕާޓީ އަށް ތާއީދުކުރާ މީހުންނެވެ. އެހެން ކަމުން ސިޔާސީ ހިޔާލުތަފާތުވުންތަކެއް ވެސް ހެނބަދޫގައި ނެތެވެ.

ހެނބަދޫގައި މިވަގުތު ގެސްޓް ހައުސްއެއް ނެތެވެ. ނަމަވެސް ކައުންސިލުން މިހާރު ނިންމާފައި ވަނީ އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަފަކޮމަންޑޫ ތިން ބަޔަކަށް ބަހާލައި ދަނޑުވެރި ކަމަށާއި ޓޫރިޒަމަށާއި ރައްޔިތުން ޕިކްނިކް ދިއުމަށް ބޭނުން ކުރުމަށެވެ.

ހެނބަދޫގެ ވަށައިގެން އޮންނަ ދޮންވެލިގަނޑަކީ މި ރަށުގެ ގުދުރަތީ ރީތިކަމުން، މެހުމާނުން ހިތްހަމަޖައްސުވައިދޭ އެއް ކަމެވެ. ހިޔާދޭ ފެހި ގަސްތަކުން ރަށާއި ގޮނޑުދޮށް ފަޅުފިލުވައިދޭއިރު ރަށުތެރޭގެ ސާފުކަމަކީ ހިނގާފައިދާއިރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.

މިއީ ހަމަ ތަފާތު ރަށެކެވެ. އަމާންކަމާއި އެކުވެރިކަމާއި ހިތްހެޔޮކަމަށް ހަމަ އެއްވަނަ އެވެ.