16 މާޗް 2025 - 12:28
ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީ އަކީ ޗިކަން ވިތު ޑިޕިން ސޯސް އެވެ.
ކައްކަން ޝައުވެރިކަން ހުންނަ، ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ހުށަހަޅައިދޭ މި ޝޯގެ މިއަދުގެ ރެސިޕީގައި ކުކުޅު ފިހާނެ ގޮތާއި އޭގެ ފަހުން ޑިޕިން ސޯސްއެއް ތައްޔާރުކުރާނެ ގޮތް ކިޔައިދޭނެ އެވެ.
ފެޒޫ ބުނި ގޮތުގައި މި ޑިޝްގެ އެންމެ މުހިއްމު އެއްޗަކީ ޑިޕިން ސޯސް އެވެ.
/1 ޖޯޑު ސްޓިކީ ރައިސް
ކޮރިއެންޑާ ފަތްކޮޅެއް
1 ފިޔާ
4 ލޮނުމެދު
3 މިރުސް (ތައި ރެޑް ޗިލީ)
2 ސަމްސާ ޑާކްސޯޔާ ސޯސް
2 ސަމްސާ ފިޝް ސޯސް
ލޮނުކޮޅެއް
ލައިޓް ސޯޔާ ސޯސް
2/1 ޖޯޑު ހެލެނބެލިހުތް
2 ސަމްސާ މާމުއި
ހިކިމިރުސްކޮޅެއް (ހަނާކޮށްފައި)
ގަލަންގާލްކޮޅެއް
ލުނބޯ ފަޅިއެއްގެ ހުތް
މީގެ ތެރެއިން ޑިޕިން ސޯސް އަށް ބޭނުންވާ ތަކެތި
ސްޓިކީ ރައިސް
ކޮރިއެންޑާ
ފިޔާ
މިރުސް
ލޮނުމެދު
ޑާކް ސޯޔާ ސޯސް
ފިޝް ސޯސް
ޕެޕާ
ކުކުޅު ފިހަން މެރިނޭޓްކުރާ ސޯސްއަށް ބޭނުންވާނީ ފިޔާކޮޅަކާއި މިރުސްކޮޅަކާއި ހިކި މިރުސްކޮޅަކާއި ގަލަންގާލްކޮޅަކާއި ލޮނުމެދުކޮޅަކާއި ލެމަންގްރާސްކޮޅަކާއި ކަފީރް ލައިމް ލީވްސް އާއި އެއް ސަމްސާ ޑާކް ސޯޔާ ސޯސް އާއި ލައިޓް ސޯޔާ ސޯސްގެ 1 ސަމްސާ އާއި ފިޝް ސޯސް އަދި ލޮނުކޮޅެކެވެ. މި ހުރިހާ ބާވަތެއް މިކްސަރަށް އަޅައި މުގުރާލާށެވެ.
މި ޕޭސްކޮޅު ކުކުޅުގައި އުނގުޅުމަށް ފަހު ފޮއިލް އޮޅައި ކުކުޅު ފިހެލާނީ އެވެ.
ކުކުޅު ޖަހައިގެން ކާން ޑިޕިން ސޯސް ހަދަން ފުރަތަމަ ސްޓިކީ ރައިސް މުރަނަކޮށްލާނީ އެވެ. މި ވައްތަރުގެ ރައިސް ނުލިބޭ ނަމަ އާދައިގެ ހަނޑޫ ވެސް ބޭނުން ކުރެވިދާނެ އެވެ.
އޭގެ ތެރެއަށް އަޅާނީ ފިޔާކޮޅާއި ލޮނުމެދުކޮޅާއި ކޮރިއެންޑާކޮޅެވެ. އޭގެ ތެރެއަށް ހެލެނބެލި ހުތާއި ލުނބޯ ހުތާއި ފިޝް ސޯސްކޮޅާއި މާމުއި އަދި ކުޑަ އަސޭމިރުސްކޮޅެއް އަޅާލާށެވެ.
މި ސޯސްއާ އެކު ކުކުޅު ވަރަށް މީރުވާނެ އެވެ.