15 މާޗް 2025 - 21:20

އެއާ މޯލްޑިވްސްއިން ބޭނުންކުރި މަތިންދާބޯޓެއް ކ. ކުޑަގިރި ކައިރިއަށް ކަނޑު އަޑިއަށް ފައްތައިގެން ޑައިވް ސައިޓެއް ހަދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ކުޑަގިރި ކައިރީގައި ޑައިވްސައިޓް ހަދަން ފައްތާފައިވާ ޑޯނިއާ 228 އަކީ އެއާ މޯލްޑިވްސް އިން ފުރަތަމަ ގަތް އެއް އެއާކްރާފްޓް ކަމަށެވެ. "ދޫނިއާ ރެކް" ގެ ނަމުގައި އެތަން ޕްރޮމޯޓް ކުރާއިރު އެއީ ރާއްޖޭގެ އޭވިއޭޝަން ތާރީހާ ގުޅޭ، ޑައިވް ސައިޓެކެވެ.

އެޗްޑީސީ އިން އެ މަސައްކަތްކުރީ އެމްއެމްޕީއާރްސީ އާއި އެމްޓީސީސީއާ ގުޅިގެންނެވެ. އެ ބޯޓު އެ ސަރަހައްދަށް ފެއްތުމުގެ މަސައްކަތް ކުރީ އެމްޓީސީސީގެ ލޭންޑިން ކްރާޓެއްގެ އެހީގަ އެވެ.
ކުޑަގިރި އަކީ މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ހަދާފައިވާ ރަށެކެވެ. އެރަށް ބޭނުން ކުރަން ފެށީ 2023 ވަނަ އަހަރު އެވެ.
އެ ސަރަހައްދުގައި ތާރީހީ ޑައިވް ޕޮއިންޓެއް ހެދި އިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޑިއަށް ގޮސްފައި ހުރި ބައެއް ދޯންޏާއި ބޯޓުތަކުގެ ޑައިވް ސައިޓުތަކަކީ ވެސް ޓޫރިސްޓުންގެ މެދުގައި މަގްބޫލު ތަންތަނެވެ.