14 މާޗް 2025 - 15:58

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. އަތޮޅަށް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، މި މަހުގެ 31 ގައި ފަށާ ދަތުރުތައް ކުރާނީ ބ. ފުޅަދުއަށް ކަމަށެވެ. އެއާ އެކު އެ ރަށާ ކައިރީ އޮންނަ ފެހެންދު އާއި ގޮއިދޫ ރައްޔިތުންނަށް ވެސް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ ކަމަށް އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންގެ ސީޕްލޭން ޓިކެޓެއްގެ އަގަކީ ކޮޅަކަށް 1099ރ. އެވެ. މިއީ އީދާ ދިމާކޮށް ކުރަން ރާވާފައިވާ ދަތުރު ތަކެކެވެ. ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް ބައެއް ސަރަހައްދުތަކަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރު ކުރެ އެވެ.
ސީޕްލޭންގައި ބ. ފުޅަދޫއަށް ދާން ނަގާނީ ގާތްގަނޑަކަށް 25 މިނެޓެވެ.
މޯލްޑިވިއަންގެ ސީޕްލޭން ދަތުރަށް ޓިކެޓް ނެގުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ކުންފުނިން ބުނީ، 1617 އަށް ގުޅައިގެން ވެސް އެކަމުގެ މައުލޫމާތުތައް އޮޅުން ފިލުވޭނެ ކަމަށެވެ.
ސީޕްލޭންގެ ދަތުރުތައް ކުރަން މޯލްޑިވިއަން އިން 11 ސީޕްލޭން ގެންގުޅެ އެވެ.