14 މާޗް 2025 - 11:45

އެކި ވައްތަރުގެ މަސްހުންޏަކީ ރޯދަ މަހު އެންމެ ގިނައިން ހަދާނެ އެއް ބާވަތެވެ. ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު" ބަދިގެ މިއަދުގެ ރެސިޕީއަކީ ގޮޓުކޮލާ މަސްހުންޏެވެ.
މި ޝޯ ހުށަހަޅައިދޭ ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ބުނި ގޮތުގައި ގޮޓުކޮލާ މަސްހުނި ހެދީ، ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ ފަތަކަށް ވާތީ އެވެ. ސްރީ ލަންކާގައި މި ފަތުގައި، ސަންބޯލް ވަރަށް މަގްބޫލެވެ.
1 ޕެކެޓް ގޮޓުކޮލާ ފަތް
1 ދަޅު މަސް
1 ފިޔާ (ކޮށާފައި)
2 ލޮނުމެދު (ކޮށާފައި)
2 މިރުސް
ލޮނުކޮޅެއް 1 ލުނބޯ
1 ސަމްސާ މުގުރި މިރުސްކޮޅެއް
1/2 ޖޯޑު ހުނި
މުގުރި މަސް (ބޭނުންވާ ވަރަކަށް)
ހިކަނދިފަތްކޮޅެއް
ފިޔާކޮޅާއިި ލޮނުމެދާއި މިރުހާއި ލުނބޯ ހުތާއި ހިނކަނދިފަތްކޮޅާއި ލޮނުކޮޅު އަޅައި މޮޑެލާނީ އެވެ. ދެން މަސް ދަޅާއި މުގުރި މަސްކޮޅު އަދި ހުނިކޮޅު އަޅައި އެއްކޮށްލާނީ އެވެ. ގޮޓުކޮލާ ފަތް އަޅާނީ އެންމެ ފަހުންނެވެ.