13 މާޗް 2025 - 15:22

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ކަނޑުމަގުން ރާއްޖެއަށް އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2،138 ގްރާމުގެ މެތަމްފެޓަމިން އާއި 1،086 ގްރާމުގެ ކެޓަމިން އާއި 310 ގްރާމުގެ ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުންޏެެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އެތަކެތީގެ ޖުމްލަ ބަރުދަން 3.5 ކިލޯއަށް އަރަ އެވެ. އޭގެ މަގުމަތީ އަގަކީ 6.7 މިލިއަން ރުފިޔާ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.