16 މާޗް 2025 - 13:29

ފްރާންސްގެ މަޝްހޫރު "ޑެލިފްރާންސް" ކުންފުނީގެ ފްރޯޒަން އުފެއްދުންތައް ރާއްޖޭގެ ލިޓްލް ފީނޯއަށް ތައާރަފްކޮށްފި އެވެ.

"ޑެލިފްރާންސް" އަކީ ތަފާތު ފްރެންޗް ސްޓައިލުގެ ބޭކަރީ އާއި ސޭވަރީ އަދި ސްނެކިން ޕްރޮޑަކްޓުތައް އުފައްދާ ޕްރިމިއަމް ބްރޭންޑެކެވެ. ކޮލެޓީ މޮޅު ތަކެތި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ މި ބްރޭންޑުގެ ގިނަ އަދަދެއްގެ ފްރޯޒަން ޕްރޮޑަކްޓުތައް މާލެ އާއި ހުޅުމާލޭގައި ހުންނަ ލިޓްލް ފީނޯގެ ފިހާރަތަކުން ލިބޭނެ އެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ މަފިން އާއި ޓާޓް އާއި ޕާން އަދި ކްރޮސާންޓް ހިމެނެ އެވެ.
"ޑެލިފްރާންސް"ގެ ގިނަ ފްރޯޒަން ގިނަ އައިޓަމްތަކަކީ ފްރިޖުން ނަގާގޮތަށް ވަގުތުން ބޭކް ކޮށްގެން ބޭނުން ކުރެވޭނެ އުފެއްދުންތަކެކެވެ. ނަމަވެސް ބައެއް ތަކެތި ފިނިކަން ކެނޑުވުމަށްޓަކައި ކުޑަ ވަގުތުކޮޅަކު ބަހައްޓަން ޖެހެ އެވެ. މިއިން ކޮންމެ ޕްރޮޑަކްޓެއްގެ ވެސް ޕެކޭޖިންގައި އެ ޕްރޮޑަކްޓެއް ބޭކް ކުރަންވީ ގޮތުގެ ތަފްސީލް ހުންނާނެ އެވެ.
"ޑެލިފްރާންސް"ގެ އުފެއްދުންތައް ވަގުތުން ކާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އެތަކެތި ބޭކްކޮށްގެން، މާލޭގެ ދަނބުރުމަގުގައި ހުންނަ ހައިވަަކަރުގޭގައި (ޓީއެފްޖީ ހުންނަ އިމާރާތް) ލިޓްލް ފީނޯގެ ފިހާރައިގައި ވަނީ ޑިސްޕްލޭ ކޮށްފަ އެވެ. އެ ތަކެތި ޓޭކްއަވޭގެ ގޮތުގައި ކަސްޓަމަރުންނަށް މިހާރު ގަންނަން ލިބޭނެ އެވެ.
ލިޓްލް ފީނޯގެ ތިން ފިހާރަ ހުރެ އެވެ. އެއީ މާލޭގައި ޓީއެފްޖީ ހުންނަ އިމާރާތުގައި ހުންނަ ފިހާރަ އާއި ޖަނަވަރީ ހިނގުމުގައި ހުންނަ ފިހާރަ އަދި ހުޅުމާލެ ފޭސް1 ގެ ނިރޮޅުމަގުގައި ހުންނަ ފިހާރަ އެވެ. އެ ތިން ފިހާރައިން ވެސް "ޑެލިފްރާންސް"ގެ ފްރޯޒަން ޕްރޮޑަކްޓްތައް ލިބެން ހުންނާނެ އެވެ.
ލިޓްލް ފީނޯއިން ބުނީ "ޑެލިފްރާންސް"ގެ އުފެއްދުންތައް ގަންނަން ބޭނުންވާ ކެފޭ ރެސްޓޯރަންޓުތަކަށް ބަލްކުކޮށް އެ ތަކެތި ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޑެލިފްރާންސް އަކީ 1983 ވަނަ އަހަރުން ފެށިގެން ޕްރިމިއަމް ކޮލިޓީގެ ފްރެންޗް ސްޓައިލްގެ ފްރޯޒަން ބޭކަރީ އުފެއްދުންތައް ފުޅާ ފާއިރާއެއްގައި ވިއްކަމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް 100 އަށް ވުރެ ގިނަ ގައުމުގައި ދަނީ ވިއްކަމުންނެވެ.