13 މާޗް 2025 - 13:20

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ކޮޓެޖް ޗީޒް ހުއްމުސް އެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ހުށަހަޅައިދޭ މި ޝޯގެ މިއަދުގެ ރެސިޕީއަކީ ވެސް ސިއްހަތަށް ފަަސޭހަ، މީރު ރެސިޕީއެކެވެ. ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ އެވެ.
1 ދަޅު ޗިކްޕީސް
1 ޖޯޑު ކޮޓެޖް ޗީޒް
2 ސަމްސާ ސެސެމީ ސީޑް
1 ސަމްސާ ޗިލީ ފްލޭކްސް
1 ސަމްސާ ދިރި (ޕައުޑާ)
ލޮނުކޮޅެއް
ލުނބޯ ހުތް ޕާސްލީ ކޮޅެއް
ދެ ސަމްސާ ތަހީނީ
މުގުރި މިރުސްކޮޅާއި ޕާސްލޭކޮޅު ފިޔަވައި ހުރިހާ އެއްޗެއް މިކްސަރަށް އަޅައި ހިމުންކޮށްލާށެވެ. ބޭނުން ނަމަ ކުޑަ ފެންކޮޅެއް އެޅިދާނެ އެވެ.
ތައްޔާރުކޮށް ނިމުމުން، މައްޗަށް މުގުރި މިރުސްކޮޅާއި ޕާސްލީކޮޅު އަޅާލާށެވެ.