12 މާޗް 2025 - 11:38

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީ އަކީ ބާބާ ގަނޫޝް އެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މި ރެސިޕީ ގާތްގަނޑަކަށް 30 މިނެޓް ތެރޭ ތައްޔާރުކޮށްލެވޭނެ އެވެ. އެހާ ވެސް ފަސޭހަ އެވެ.
2 ބަށި
3 ބޮނޑި ލޮނުމެދު
ޕާސްލީކޮޅެއް (ކޮށާފައި)
2 މޭޒުމަތީ ސަމްސާ ދިރި ޕައުޑާ
3 މޭޒުމަތީ ސަމްސާ ތަހީނީ
1 ސަމްސާ ލޮނު
1 ލުނބޯ
އޮއިލް އޮލިވް
ބަށި ދެފަޅިކޮށްފައި ކުޑަ ލޮނުކޮޅަކާއި އޮލިވް އޮއިލްކޮޅެއް ހާކާލުމަށް ފަހު އަވަނުން ފިހެލާށެވެ.
ލޮނުމެދު ތެލުގައި ފްރައިކޮށްލާށެވެ. ބަށީގެ ތޮށި ނޮޅާފައި ދެން ޖެހޭނީ ޕާސްލީ އާއި އަންނާރު ފިޔަވަިއ ހުރިހާ އެއްޗެއް އެއްކޮށް މިކްސަރުން ހިމުންކޮށްލާށެވެ. ގާނިޝްކޮށްލަން މައްޗަށް އަންނާރާއި ޕާސްލީކޮޅު އަޅާލާށެވެ.
ބާބާ ގަނޫޝްް، ރޮށި ނުވަތަ ޕާނާ އެކު ވެސް ކާން މީރުވާނެ އެވެ.