ތޫނު އެއްޗަކުން މާރާމާރީ ހިންގި ދެ ކުދިން ހައްޔަރުކޮށް، ހަތަރު ކުދިން ހިފަހައްޓައިފި
ތޫނު އެއްޗަކުން މާރާމާރީ ހިންގި ދެ ކުދިން ހައްޔަރުކޮށް، ހަތަރު ކުދިން ހިފަހައްޓައިފި

އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއްގައި އެ ތަނުން ދެ ކުދިން ހައްޔަރުކޮށް، އިތުރު ހަތަރު ކުއްޖަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުން ބުނީ، ރޭ 10:00 ހާއިރު ހުޅުމާލެ 2 ގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އެއް ކުއްޖަކު ޒަހަމްވިއިރު، އެ ކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.

އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.