އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި، މަސައްކަތްކުރަނީ ދެ ޝިފްޓަކަށް
އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި، މަސައްކަތްކުރަނީ ދެ ޝިފްޓަކަށް

އޮފީސް އިމާރާތުގެ ޖާގަ ކުޑަވުމާއި ފޫ ޖަހާފައި ހުރުމުން މުވައްޒަފުން މަސައްކަތްކުރަނީ ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފި އެވެ.

އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި، މަސައްކަތްކުރަނީ ދެ ޝިފްޓަކަށް
އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި، މަސައްކަތްކުރަނީ ދެ ޝިފްޓަކަށް

އެ އޮފީހުން މިއަދު ނެރުނު، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާ ގ. ބިއްލޫރިޖެހިގެއަށް 2015 ވަނަ އަހަރު ބަދަލުވީ ވަރަށް ގިނަ މަރާމާތުކޮށްގެން ކަމަށެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށެވެ.

އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި، މަސައްކަތްކުރަނީ ދެ ޝިފްޓަކަށް
އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި، މަސައްކަތްކުރަނީ ދެ ޝިފްޓަކަށް

އެކަމަކު އެތައް ފަހަރަކު މަރާމާތުކޮށްގެން ވެސް ދެތިން މަސް ދުވަހުގެ ތެރޭގައި އަނެއްކާ ކުރީގެ ހާލަތަށް ބަދަލުވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު ފާހަނާ އާއި ސައިކޮޓަރީގެ އިތުރުން ބައްދަލުވުންތަކާއި އަޑުއެހުންތައް ބޭއްވުމަށް އޮފީހުގައި ހުރި ހަމައެކަނި މީޓިން ރޫމުގެ ތެރެއަށް ފެނުގެ އަސަރުކޮށް ހުޅަނގު ފަރާތު ފާރާއި ކާޕެޓް ހަލާކުވަމުން ދިއުމާއި ނުސާފު ފެނުގެ ސަބަބުން ދުވާ ވަހުން މީޓިން ރޫމް ވެސް ބޭނުންކުރަން ވަނީ ދަތިވެފަ އެވެ،" އަހަރީ ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ބުނީ އޮފީސް ގިނަގިނައިން މަރާމާތުކުރަން ޖެހޭތީ އެކަމަށް ހައްލެއް ހޯދައިދޭން ކަމާގުޅޭ އިދާރާތަކަށް ޖެނުއަރީ، 2017 އިން ފެށިގެން އެދެމުން އަންނަ ކަމަށެވެ. ހަތް އަހަރު ވެގެން ދިޔައިރު ވެސް ހައްލެއް ނުލިބޭ ކަމަށް ވެ އެވެ.

އޮފީސް އިމާރާތެއް ހިންގަން ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު، 2024 ގައި އެންމެ ފަހުން ހުއްދަ ދިނުމުން އިމާރާތެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް، ބިޑުގެ އަގު 7.6 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ނޮވެމްބަރު 19، 2024 ގައި އެ މިނިސްޓްރީއަށް ފޮނުވި އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށްފަހު އޮފީސް ހިންގާނެ ޖާގަ ހޯދަން އިއުލާންކުރާނީ ޓެންޑާ ބޯޑުން ކަމަށް ބުންޏަސް، މި ރިޕޯޓު އާއްމުކުރުމާ ހަމައަށް ވެސް އެފަދަ އިއުލާނެއް ކޮށްފައި ނުވާ ކަމަށް އައިކޮމް އިން ބުންޏެވެ.

އޮފީސް އިމާރާތް ހުރީ ސިއްހީ ގޮތުން އެންމެ އެކަށީގެންވާ މާހައުލަކަށް ނުވާތީ އަދި ފާހަނާއާ ސައިކޮޓަރި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން ރަސްމީ ގަޑީގައި ވެސް ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް ރިޕޯޓުގައި. ބުންޏެވެ.

އެއް ބަޔަކު ހެނދުނު 8-11 އަށް އަދި ދެ ވަނަ ދަންފަޅި އޮފީހަށް ނުކުންނަނީ 11 އިން މެންދުރު 2 އަށެވެ.

"އޮފީހަށް ނުނުކުންނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ ގޭގައި ތިބެގެންނެވެ. މިގޮތަށް މަސައްކަތްކުރަން ޖެހުމުން އޮފީހުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިވަމުންދެ އެވެ." އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"އޮފީހުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް މުވައްޒަފުން މަސައްކަތްކުރަމުން ގެންދަނީ މީޓިން ރޫމުގަ އެވެ. މިކަމުގެ ސަބަބުން ވެސް އޮފީހުގެ މަސައްކަތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން ދެ އެވެ."