11 މާޗް 2025 - 11:08

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ޕްރޯންސް ރިޒޯޓޯ އެވެ.
މިއީ، އިޓަލީގެ ޑިޝްއަކަށް ވިޔަސް ދިވެހިންގެ މެދުގައި ވެސް މަގްބޫލެވެ. މި ޝޯ ހުށަހަޅައިދޭ ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މި ރެސިޕީ އަށް ބޭނުންކުރީ ޕްރޯންސް އެވެ. އެކަމަކު ކުކުޅު ނުވަތަ ބީފްގައި ވެސް މި ރެސިޕީ ހެދޭނެ އެވެ.
ޕްރޯންސް (ސާފުކޮށްފައި)
މުގުރި މިރުސްކޮޅެއް
އަސޭމިރުސް
ވިނިގާ (ވައިޓް)
ލުނބޯ ހުތް
ލޮނުކޮޅެއް
ޕީލްޑް ޓޮމާޓޯ
ޕާސްލީ (ކޮށާފައި)
ޕްރޯންސްގެ ބޯ (ސްޓޮކް ހަދަން)
ފިޔާ (ކޮށާފައި)
ފެހި އޮށް
ޕާމެޝާން ޗީޒް
ބަޓާ
އާބޯރިއޯ ރައިސް
ޗީޒް ސްޓޮކް
ފުރަތަމަ ސްޓޮކް ހަދަން ޕްރޯންސްގެ ބޯ ފެނުގައި ކައްކާނީ އެވެ. ކުޑަ ލޮނުކޮޅެއް އަޅާފައި 20 މިނެޓް ކައްކާލާށެވެ. އޭގެ ފަހުން ފުރާނާލުމުން ސްޓޮކް ހެދުނީ އެވެ.
ކުޑަ ތެޔޮ ފޮދެއްގައި ޕްރޯންސްކޮޅު ރޯފިލުވާލާށެވެ. އަވަހަށް ރޯފިލާ އެއްޗަކަށް ވާތީ، މިނެޓެއް ނުވަަތަ 30-40 ސިކުންތުވާ އިރު ޕްރޯންސް ހުންނާނީ ރޯ ފިލައިފަ އެވެ. ވަކިން ތައްޓަކަށް ނަގާފައި ބަޓަރު ކޮޅެއް އަޅާފައި ފިޔަ އާއި ލޮނުމެދުކޮޅު މީރުކޮށްލާނީ އެވެ. އޭގެތެރެއަށް އަޅާނީ ޕީލްޑް ޓޮމާޓޯ އެވެ.
ލުނބޯ ހުތްކޮޅާއި މުގުރު މިރުސްކޮޅު އަދި ހާބޯރީ ރައިސް އަޅައި އެއްކޮށްލާށެވެ. ޗިކަން ސްޓޮކްގެ ދެ ސަމްސާ އާއި ތައްޔާރުކުރި ޕްރޯންސް ސްޓޮކް އަޅާލާށެވެ.
ކެކެން ފެށުމުގެ ކުރިން ޗީޒްކޮޅު އަޅާލާށެވެ. ކައްކައި ނިމުމުން، ޕްރޯންސްކޮޅު އަޅައި އެއްކޮށްލައި ޕާސްލީން ގާނިޝްކޮށްލާށެވެ.
ރޯދަ ވީއްލާގަޑިއަށް އަދި ހާރުކާން ވެސް ރިޒޯޓޯ މީރުވާނެ އެވެ.