10 މާޗް 2025 - 18:47

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝައްމަ އިސްމާއިލް މިއަދު ހަމަޖައްސައިފި އެވެ.
ގާނޫނީ ދާއިރާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައްމަ ކުރިން ވަނީ ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު ފުރުއްވައިފަ އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ ހަމަޖެއްސީ ކުރިން އެ މަގާމު ފުރުއްވި މަރިޔަމް ވިސާމް މި މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސަައްކަތް ކުރައްވާށެވެ.