10 މާޗް 2025 - 11:49

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުޅުވާލައިފި އެވެ.
އެ މަގާމް ހުސްވީ ކައުންސިލްގެ މެމްބަރު ހުސެއިން ހަސަން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން ވަކިވީ، ގއ. ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ލިބުމުންނެވެ.
އެމްއެމްސީން މިއަދު ވަނީ އެ މަގާމަށް މީޑިއާ ތަކުން މެމްބަރަކު އިންތިހާބުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްއެމްސީން ބުނީ މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުކަމަށް ވާދަކުރަން އެދޭ ނޫސްވެރިންނަށް މާޗް 18، 2025ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި[email protected]މެއިލް ކުރުމަށް ވެސް ވަނީ އެދިފަ އެވެ. ހުށަހަޅާ ހުރިހާ ލިޔުންތައް ވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ.
އެމްއެމްސީގެ 16 ވަނަ ދައުރުގެ އިންތިހާބު ބޭއްވީ މިދިޔަ ޑިސެމްބަރުގަ އެވެ.