10 މާޗް 2025 - 10:57

ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް ކަދުރުގެ ދުވަހެކެވެ. ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ކަދުރު ކޭކެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ހުށަހަޅައިދޭ މި ޝޯގައި މިއަދުގެ ރެސިޕީ އަކީ ވެސް ކުޑަ ވަގުތުކޮޅަކުން ތައްޔާރުކޮށްލެވޭ މީރު ކޭކެވެ. ގޭގައި އާއްމުކޮށް ހުންނަ ބާވަތްތަކުން މި ކޭކު އެޅިދާނެ އެވެ.
ކަދުރު
1 ޖޯޑު ފުށް
ޕިސްޓާޝިއޯ
ކެޝޫނަޓް
އޮލިވް އޮއިލް
ވެނީލާ އެސެންސް
ބޭކިން ޕައުޑާ
1 ޖޯޑު ކިރު
ކޭކު އެޅުމުގެ 30 މިނެޓް ކުރިން މިލްކް ތެރެއަށް ކަދުރު އަޅާފައި ބަހައްޓާށެވެ. އޭރަށް މަޑުވެފައި މިކްސަރުން ހިމުންކޮށްލަން ފަސޭހަވާނެ އެވެ. އޭގެ ތެރެއަށް އޮލިވްއޮއިލްކޮޅަކާއި ވެނީލާ އެސެންސްކޮޅެއް އަޅަލާށެވެ.
މިކްސަރުން ގިރާލި ކަދުރު ތައްޓަަކަށް އަޅާފައި، އޭގެ ތެރެއަށް ފުށާއި ކިރުކޮޅެއް އަޅައި ރަނގަޅަށް މިކްސްކޮށްލުމަށް ފަހު ކޮށާފައި ހުރި ކަދުރު ކޮޅެއް އަޅާލާށެވެ. އެ މީހަކު ބޭނުން ވައްތަރެއްގެ ނަޓްސް އެޅިދާނެ އެވެ. ފެޒޫ ބޭނުންކުރީ ކެޝޫ ނަޓްސް އާއި ޕިސްޓާޝިއޯ އެވެ.
ޓްރޭގައި ރީއްޗަށް ފަތުރާލާފައި މައްޗަށް ވެސް ނަޓްސްކޮޅެއް އަޅާފައި ފިހަން އަވަނަށް ލާނީ އެވެ.